English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ ރޯމާއާއި ޔުވެންޓަސް، ރޯމާގެ ދަނޑުގައި ކުޅުނު މެޗު 1-2 ލަނޑުން ރޯމާގެ މައްޗަށް ކުރި ހޯދައި ޔުވެންޓަސް ލީގުގެ އެއް ވަނަ މަގާމަށް ޔުވެންޓަސް ޖެހިލައިފިއެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން ޔުވެންޓަސް އެއްވަނައަށް ޖެހި ލާފައިމިވަނީ ލީގު ތާވަލް އެއްވަނާގައި އޮތް އިންޓަމިލާން އާއި އެޓްލާންޓާ ބައްދަލުކުރި މެޗު އެއްވަރު ވުމުން ދެ ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ.

ޔުވެންޓަސް ލީގުގެ އެއް ވަނައިގައި މިވަގުތު އޮތީ 19 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ލާޒިއޯއަށް ލިބިފައިވަނީ 18 މެޗުން 42 ޕޮއިންޓް އެވެ.

ވަރުގަދަ މޮޅު ކުޅުމެއް ޔުވެންޓަސްގެ ފަރާތުން ފެނިގެންދިޔަ މެޗުގެ ތިން ވަނަ މިނެޓުގައި މެރިހް ޑެމިރަލްގެ ގޯލުން ޔުވެންޓަސް ލީޑު ނަގާފައިވާއިރު ޔުވެންޓަސްގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޯމާގެ ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ޖެހީ 68 ވަނަ މިނެޓުގައި ޑިއެގޯ ޕެރޮއްޓީ އެވެ.

ސީޒަންގެ ކުރީ ކޮޅު ދަށް ކުޅުމެއް ފެނިގެންދިޔަ ރޮނާލްޑޯ ރޭގެ މެޗުގައި ކާމިޔާބު ކުރި ލަނޑާއި އެކު އޭނާ ވަނީ ޔުވެންޓަސް އަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ނުވަ ގޯލު ޖަހައި މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު 28 މެޗުގައި 26 ގޯލު ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދީފައެވެ.