English Edition
Dhivehi Edition

ނޯބެލް ސުލްހައިގެ އިނާމު ނުލިބުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހިތްހަމަނުޖެހިއްޖެ އެވެ. ޓްރަމްޕު ވިދާޅުވީ އޭނާއަށް ނޯބެލް ސުލްހައިގެ އިނާމު ނުލިބި އެ އިނާމު ލިބުނީ އެހެން މީހަކަށް ކަމަށެވެ. އޮހާޔޯގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ޓްރަމްޕު ވިދާޅުވީ އޭނާ އެއްބަސްވުން ހަދައި ޤައުމެއް ސަލާމަތް ކުރުމުން އެ ޤައުމުގެ ވެރިޔާއަށް ނޯބަލް ސުލްހައިގެ އިނާމު ލިބިފައިވާ ކަމަށެވެ.

ދުނިޔޭގެ ހަ ބާރުން އެއް ބާރުގެ ވެރިޔަކަށް ހުރި ޑޮނަލްޑް ޓްރަމްޕުގެ ކަންބޮޑުވުން މިކަމަށް އޮތްއިރު އޭނާ ވަކި މީހަކަށް މި އިނާމު ލިބުނެއެކޭ ވިދާޅެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަހުމަދަށް ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިގެން ގޮސްފައެވެ.43 އަހަރުގެ އަބީ އަހުމަދަކީ އެފްރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަގު ވެރިޔާއެވެ. އެޤައުމުގެ ވެރިކަން އޭނާ ހަވާލުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ އެޕްރީލް ހިސާބުގައި އެވެ.

އަބީ އެތިއޯޕިޔާގެ ވެރިކަމާއި ހަވާލުވެވަޑައިގެން އެ ޤައުމަށް ބޮޑު އިންގިލާބެއް ގެނުވިއެވެ. އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމާއި ޖަލުތަކުގައި ތިބި ސިޔާސީ ކުއްވެރިން ސަލާމަތް ކުރުން މީގެ ތެރޭގައި ހިމެނިގެން ދެއެވެ.