English Edition
Dhivehi Edition

ބާސެލޯނާގެ ކޯޗުކަމުގެ މަގާމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު 39 އަހަރުގެ ޒަވީ ހެނާންޑޭޒް ގެންނަން އުޅޭކަމުގެ އަޑުތައް މީޑިޔާގައި ފެތުރިއްޖެއެވެ. މިވަގުތު ގަތަރުގެ އަލް ސާދުގެ ކޯޗުގެ މަގާމް އަދާކުރަމުން އަންނަ ޒަވީ އަށް ބާސެލޯނާގެ ކޯޗުގެ މަގާމު ދޭން ނިންމިއިރު ބާސެލޯނާގެ މިހާރުގެ ކޯޗު ބޭރުކޮށްލަން އެ ޓީމުގެ ސަޕޯޓަރުން ގެންދަނީ ޕްރެޝަރ ކުރަމުންނެވެ.

ބާސެލޯނާގެ މިހާރުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ކޯޗުކަމުން ދުރުކުރަން އެތައް ސަޕޯޓަރުންންނެއް ޕްރެޝަރ ކުރަމުންދަނީ ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި ބާސިލޯނާއަށް ލިބުނު ނާކާމިޔާބީގެ ސަބަބުންނެވެ.އެ މެޗުގައި ބާސިލޯނާ އަށް ވަނީ އެތުލެޓިކޯ މެޑްރިޑް އަތުން 3-2 އިން ބަލިވެފައެވެ.

https://bleacherreport.com/articles/2870703-al-sadd-xavi-hernandez-barcelona-links-normal-amid-ernesto-valverde-rumours

ޒަވީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު މިދިޔަ އަހަރުގެ މެއި މަހު އަލް ސާދުގެ ކޯޗުކަމާއި ވަނީ ހަވާލުވެފައެވެ. ޒަވީގެ އިރުޝާދުގެ މަތީން އެ ޓީމު ގެންދަނީ ރަނގަޅަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ގަތަރުގައި މިދިޔަ މަހު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައިވެސް ވާދަކޮށްފައެވެ.