English Edition
Dhivehi Edition

ދުއްވާފައިދާ ކާރަކުން ކުޑަ ކުއްޖަކު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއަކީ މިއަދު އެތައް ބަޔަކަށް ހައިރާންކަން ލިބުނު ވީޑިއޯއެކެވެ. އިންޓަނެޓްގައި ވައިރަލްވި މި ވީޑިއޯ އަކީ ސީސީ ކެމެރާ ފުޓޭޖަކުން ގަނާފައިވާ ވީޑިއޯއެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބާރަށް ދުއްވާފައިދާ ކާރެއް ގޯޅިއަޅަމުން ދަނިކޮށް ކާރުގެ ފަހަތު ދޮރު ހުޅުވި ، ކުޑަ ކުއްޖަކު، ކާރުބާރޫ ބޮޑު މަގަކަށް ވެއްޓެއެވެ.

ހިނގާދިޔަ މި ބިރުވެރި ޙާދިސާ އިން ކުއްޖާއަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތް ވިއެވެ. އެބޮޑު މަގުން ދަތުރު ކުރި ބަހާއި ކާރާއި ސައިކަލް އެކަށީގެންވާ ގޮތަށް ބްރޭކް ޖައްސާނުލެވުނުނަމަ ކުއްޖާ ސަލާމަތް ކުރުން ވާނީ ނާދިރު ކަމަކަށެވެ. އިންޑިއާގެ ޕޮލިސް އޮފިސަރ ޕަންޖަކް ނައިން މި ވީޑިއޯ އިންޓަނެޓްގައި ޙިއްސާ ކުރީ އިއްޔެ ގެ ވަގުތެއްގައެވެ.

ވީޑިއޯއާއެކު އޭނާ ބުނެފައިވަނީ ” ކުދިންނަށް ޚާއްސަ ކާރުސީޓާއި ކާރު ދޮރުނުހުޅުވޭ ގޮތަށް ހުންނަ ޗައިލްޑް ލޮކަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިތަކެތި ރަނގަޅަށް ޗެކް ކުރުމަށްފަހު ދަތުރު ކުރުމަށެވެ. މިއާއެކު އޭނާ ބުނެފައިވަނީ މިވީޑިއޯގައި ފެންނަ ކުއްޖާހާ ނަސީބު ގަދަ ކުއްޖަކަށް އެންމެންގެ ދަރީން ނުވެދާނެ ކަމަށެވެ.

މިފަދަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވެ ތިބުމަށްޓަކައި ސަމާލުވާންވީ ކަންތައްތައް: