Hulhumeedhoo magu hedhumuge massaikah kuriya dhaairu mifaharuves Parking zoneh neh - AO News
English Edition
Dhivehi Edition

Worldwide

  • 20,023,016confirmed
  • 12,897,813recovered
  • 6,391,230active
  • 733,973deaths

Maldives

  • 5,041confirmed
  • 2,804recovered
  • 2,218active
  • 19deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އައްޑޫގެ ރަށްރަށުގެ މަގުތައް ހެދުން  އިފުތިތާހު ކުރި އިރު އައްޑޫ ސިޓީ ހުޅުމީދޫ ވެގެންދިޔައީ ތާރު އަޅާ ރަނގަޅު ފެންވަރަކަށް މަގު ހަދަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައެވެ. އެ މަސައްކަތް ނުފެށި އޮއްވާ ވަހީދުގެ ވެރިކަން ނިމި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު އަހަރުތަކުގައިވެސް ހުޅުމީދޫ މަގުތަކުގައި ތާރު އަޅާނެ ވާހަކައަކީ އެންމެ ބާރަށް ދެކެވުނު އެއް ވާހަކައެވެ. އެމްއާރްޑީސީ އާއި ހަވާލުކޮށް މަގުތަކުގައި ޕޭމެންޓް ހަދާ ފެން ހިންދާ ނިޒާމްތައް ގާއިމުކޮށް، ތާރު އެޅުމަށް ބޭނުންވާ ބައެއް ސާމާން ވެސް އޭރު ވަނީ ގެނެސްފައެވެ. އެހެންނަމަވެސް ޔާމީންގެ ވެރިކަން ނިމުނު އިރުވެސް ރަނގަޅު ފެންވަރެއްގައި މަގުތައް ހެދިގެން ދިއުން ވެފައި އޮތީ ހަމަ ކުލަ ނުވި ހުވަފެނަކަށެވެ.

ކުރީގެ ސަރުކާރުގައި ހުޅުމީދޫގައި ތާރު އަޅާ ވާހަކަތަކާއެކު، މަސައްކަތުގެ ޕްލޭން ފެނުމުން އެންމެ ބޮޑު ބަހުސެއް ކުރެވުނީ  ޕޭމެންޓް ހަނިވުމާއި ސަރުކާރުގެ ގިނަ މުއައްސަސާތައް ހިމެނޭ އެސްޓިއޯ ބިލްޑިންގް ކައިރީ ޕާކު ކުރާނެ ސަރަހައްދެއް ނެތުމާއި ގުޅިގެންނެވެ. އެ ބަހުސްތަކާއެކު އޭރު ގިނަ ބަޔަކު ބުނަމުން ދިޔައީ ކަމަކަށް ކަމެއް ކުރާ އުސޫލުން ކަންތައްތައް ކުރުމުން އެކަމުގެ ތަކްލީފް ރައްޔިތުންނަށްޖެހޭނެ ކަމަށެވެ. އެ ސަރަހައްދަކީ މިހާރުވެސް ބާރުބޮޑު ސަރަހައްްދެއްކަވުމުން، ޕާކް ކުރާނެ ސަރަހައްދެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި އޭރުގެ ސާރުކާރަށް ތާއިދުކުރާ ގިނަ ފަރާތްތަކުންވެސް އެއްބަސްވިއެވެ. އެހެންނަމަވެސް އެ ދެކެވުނު ވާހަކައަށް އެއްވެސް ހެޔޮ ބަދަލެއް ނައިސް ވެރިކަން ބަދަލުވެ، މިހާރުގެ ސަރުކާރުން  މަގުގައި ތާރު އެޅުމުގެ މަޝްރޫއު އިފްތިތާހު ކުރުން ވެގެން ދިޔައީ  އަނެއްކާވެސް ގިނަ ބަޔަކަށް ބޮޑު އުއްމީދެއް ލިބުނު ކަމަކަށެވެ.

ހުޅުމީދޫ ބޮޑު މަގު (ބަހާއުއްދީން މަގު) ހެދުމުގެ މަޝްރޫއު ނައިބު ރައީސް ފައިސަލް ނަސީމް ފައްޓަވައިދެއްވީ 04 އެޕްރީލް 2019 ގައެވެ. ހުޅުމީދޫ ބޮޑު މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ  3271938570 ރުފިޔާ އަށެވެ. މި މަސައްކަތް 240 ދުވަސް ތެރޭގައި ނިންމަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.މި މަޝްރޫއުގެ ދަށުން ހުޅުމީދޫ ބަހާއުއްދީނު މަގުގެ 2.02 ސަރަހައްދެއް ރަނގަޅު ފެންވަރަކަށް ހަދައި، މަގުގައި ތާރުއެޅުމަށް ނިންމާފައިވާއިރު މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށް އެއްބަސްވުމުގައި ވެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހުޅުމީދޫގެ 1810 ސްކުއާ މީޓަރުގެ މި މަގުގައި  ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިންމަން ހަވާލުކުރި ތާރީހަށް ނުނިމުނު ނަމަވެސް  ހުޅުމީދޫ މަގުގައި ތާރު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު މަގުތަކުގައި ތާރު  އަޅުމުގެ ކުރިން ބަހައްޓަން ޖެހޭ ކާނުތައް ބެހެއްޓުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މީގެ އިތުރުން ކުރިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނު ހަނި ޕޭމެންޓްތައް ފުޅާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު  އެންމެ މުހިއްމު އެއް މަސައްކަތް މިފަހަރުވެސް އޮތީ އަޅާނުލެވި ދޫކޮށްލެވިފައެވެ.

ފޮޓޯ:ފޭސްބުކް

ހުޅުމީދޫ އެސްޓިއޯ ހުންނަ ބިލްޑިންގްގައި މިހާރު ތިން މުއައްސަސާއެއް ހިންގަމުން އަންނައިރު އެ ސަރަހައްދަކީ ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗާއި، ސ.އަތޮޅު މަދަރަސާވެސް ހުންނަ ސަރަހައްދެވެ. މިހާރުވެސް ބާރުބޮޑު އެ މަގުގެ އެއް ފަރާތުގައި މުއައްސަސާތަކުގެ މުއައްޒަފުންގެ ދުއްވާ އެއްޗެހި ޕާކްކޮށްފައިވާއިރު އެ ސަރަހައްދަކީ ސްކޫލް ހުޅުވުމުން އެންމެ ބާރު ބޮޑުވާނެ އެއް ސަރަހައްދުކަން ޔަގީނެވެ. “މިހާރުވެސް ޕާކު ކުރުމުގައި ދަތިތަކެއް ކުރިމަތިވޭ. އަދި ސްކޫލް ހުޅުވުމުނީމަ މި މަގު ވަރަށް ބާރު ބޮޑުވާނެ.  މިއީ ވަރަށް ގިނަ މީހުން ބޭނުންކުރާ މަގެއް. ޕޭމެންޓް ފުޅާކޮށްލާފަ، މިހާރު ޕާކްކުރާނެ ތަނެއް ނެތުމުން ޕޭމެންޓްކައިރީ ޕާކުކޮށްފަ މިހުންނީ. ދުއްވާ މީހުންނަށް މިހާރު މި އޮންނަނީ ދުއްވަން ވަރަށް ކުޑަ ތަންކޮޅެއް” މުއައްސަސާއެއްގައި މަސައްކަތްކުރާ މުއައްޒަފަކު ބުންޏެވެ. “ޕާކިން ޒޯނެއް ނެތުމަކީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް ގިނަ ދަތިތައް ކުރިމަތިވެގެންދާ ކަމެއް. ބައެއް ފަހަރު ޕާކު ކުރާނެ ތަނެއް ނެތުމުން އެމީހަކަށް ފަސޭހަ ތަނެއްގައި ސައިކަލް ބަހައްޓާފަ ހުއްޓާ، އެކްސިޑެންޓްތައްވެސް ހިނގާފަ އެބަހުރި. އެހެންކަމުން ރަގަޅު ފެންވަރުގެ ޕާކިން ޒޯނެއް ވަރަށް މުހިއްމު. އޭރުން އެންމެންނަށްވެސް އެގޭނެ ޕާކުކުަރަން ޖެހޭ ސަރަހައްދަކީ ކޮބާކަން.”

ކުރިންވެސް ވާހަކަދެކެވުނު ފަދައިން ހަގީގަތުގައި މި ސަރަހައްދަކީ ޕާކިން ޒޯނެއް ވަރަށް މުހިއްމު ސަރަހައްދެއްކަން ޔަގީނެވެ. ހާއްސަކޮށް މަގުގައި ތާރު އެޅި ޒަމާނީ ފެންވަރަށް މަގު ހެދިގެންދާއިރު ޕާކުކުރާނެ ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައި ހުރުމަކީ މުހިއްމުކަމެކެވެ. ދަރިވަރުންނާއި ބެލެނެވެރިން އަދި މުޅި މުޖްތަމައުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެ ސަލާމަތަށްޓަކައިވެސް މި ކަމުގައި ދެވަނަ ވިސްނުމަކަށް ގޮސް މިކަން ހައްލުވެގެން ދިއުމަކީ، މަގު ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށް އެޅިގެންދާނެ ފިޔަވަޅެއް ކަން ޔަގީނެވެ. މަގު ބޭނުންކުރުމަކީ އަބަދުވެސް އެންމެ ރައްކާތެރިގޮތަކަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.