English Edition
Dhivehi Edition

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގްގައި ރޭ އެންމެ ފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓާރ ސިޓީއިން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު ޔުނައިޓެޑްގެ އެ  އަމިއްލަ މެންޗެސްޓަރ ސިޓި މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ވާދަވެރި  މިދެޓީމްގެ މެދުގައި ކުޅުނު މިމެޗު ސިޓީއިން   3-1 ލަނޑުގެ ނަތީޖާ އަކުން  މިމެޗު ކާމިޔާބުކޮށްފައިވާ  އިރު މި ދެ ޓީމް ކުޅޭ ސެމީ ފައިނަލުގެ ދެ ވަނަ ލެގް ސިޓީގެ ދަނޑުގައި ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. މިމެޗުން 2 ލަނޑުގެ ތަފާތުން  މޮޅުވެގެން  ޔުނައިޓެޑައަށް ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން  ގޮސްފައިވާއިރު  މެޗުގައި ސިޓީއިން ކާމިޔާބު ކުރި ތިން ލަނޑު ވެސް އެ ޓީމުން  ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ.މިގޮތުން  ސިޓީގެ ފުރަތަމަ ގޯލު ބެނާޑާ ސިލްވާ ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ރިޔާދް މާރޭޒް އެވެ.އަދި ސިޓީގެ  ތިން ވަނަ  ލަނޑަކީ ޔުނައިޓެޑްގެ އަންދްރައެސް ޕެރޭރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް 3-0 ލަނޑުން ސިޓީ ނިންމާލާފައިވާއިރު ޔުނައިޓެޑުން ވަނީ މެޗުގެ ދެ ވަނަ ހާފުގައި  ކުޅުން ރަނގަޅުކޮށްފަ އެވެ.ރޭގެ މެޗުގެ ފުރަތަމަ ހާފް ސިޓީ ކުރީގައި އޮވެ ނިންމާލި ނަމަވެސް ޔުނައިޓެޑުން ވަނީ ދެވަނަ  ހާފްގައި ކުޅުން ރަނގަޅު ކޮށް ސިޓީގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހާފުގެ ފަހުކޮޅު ޔުނައިޓެޑްގެ ހަމައެކަނި ގޯލު މޭސަން ގްރީންވުޑް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ މާކަސް ރަޝްފާޑް އެވެ.

ލީގު ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ލެސްޓަ ސިޓީ އާއި އެސްޓަން ވިލާ ބައްދަލު ކުރާ މެޗުގެ  ފުރަތަމަ ލެގް މިރޭ ކުޅޭ ނެއެވެ.