English Edition
Dhivehi Edition
ވިލިމާލެ ބަނދަރު ސަރަޙައްދު - ފޮޓޯ: ފަޔާޒު މޫސާ (ސަން)
ވިލިމާލޭގައި މަސް މާރުކޭޓެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެދިލެއްވުމުގެ މަތިން ވިލިމާލޭގައި މަސް މާރުކޭޓެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތަށް އެދި ހުށަހަޅާ ފަރާތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ވާންޖެހޭނެ އެވެ. އެ ބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެGC01 ގެ 1، 2، 3، 4 އަދި 5އަށް ޝަރުޠުހަމަވެފައިވާ ކޮންޓްރެކްޓަރުންނަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ އެ މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި، އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް 500/- (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ފައިސާ ބަލައިގަންނާނީ 07 ޖެނުއަރީ 2020 އިން 04 ފެބްރުއަރީ 2020 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 12:00 އަށް ފިނޭންސް މިނިސްޓްރީ އިން ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ އިއުލާނުގައިވާ ގޮތުން އެ މަސައްކަތްތަކާއި ބެހޭ ހުރިހާ ލިޔެކިޔުންތައް މާދަމާ އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އެ މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑްސެކިޔުރިޓީގެ ގޮތުގައި 33,000 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ.

އެ ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެ އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ ބީލަން ހުޅުވުން އޮންނާނީ 05 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށެވެ.