English Edition
Dhivehi Edition
ކަނޑުމައްޗަށް ހުއްޓުނު ދޯނި - ފޮޓޯ :އެމްއެންޑީއެފް

30 މީހުންނާއެކު ގދ. ތިނަދޫއިން ފުރައިގެން ގދ. ގައްދޫ އަށް ދަތުރުކުރި ދޯންޏެއްގެ އިންޖީން ހުއްޓިގެން އެމްއެންޑީއެފް އިން ޙަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނީގެ އިންޖީން ހުއްޓުނީ ގދ. ހަވޮޑިގަލާ ކައިރިން ކަމަށާއި، އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސީ އެމްބިއުލާންސެއްގައި މިއަދު ހެނދުނު 10:30 ހާއިރު ގދ. ތިނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ ދޯނީގައި އަންހެނުންނާއި ކުޑަކުދިންވެސް ތިބި ކަމަށާއި، އެމީހުން ދަތުރު ކުރަމުންދިޔައީ ކައިވެނި ޕާޓީއަކަށް ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު ކަނޑުމަތީގެ ހާދިސާތައް މިވަނީ އާންމުވެފަ އެވެ. އެގޮތުން މިއަދު ހެނދުނުވެސް ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ވަނީ ފަރަށް އަރައިފަ އެވެ. އަދި އެ ދޯނީގެ ކައްޕި ގެއްލިގެން އެމްއެންޑީއެފް އިން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.