English Edition
Dhivehi Edition

ކ. އަތޮޅު ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނގިލި ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 05:42 ހާއިރު ކަމަށެވެ. އަދި އެ ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އަދި އެ ސަފާރީ އަކީ އޮސްޓްރޭލިއާގެ “ވެރިޓާ” ނަމަކަށް ކިޔާ ސަފާރީއެއް ކަމަށާއި، އެ ހާދިސާ ހިނގިއިރު ސަފާރީގައި ތިން މީހަކު ތިބި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ތިން މީހުންވެސް ވަނީ އެހެން އުޅަނދަކަށް ނަގާފައެވެ. ސަފާރީގައި ތިބި 3 މީހުންނަށް މިޙާދިސާގައި އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އެ ހާދިސާގައި ސަފާރީގައި ރޯވި އަލިފާންގަނޑު އަދި ކޮންޓްރޯލެއް ނުކުރެވެއެވެ.