English Edition
Dhivehi Edition

ނިމިދިޔަ އަހަރު ނުހައްގުން އެންމެ ބޮޑު އަނިޔާއެއް ތަޙައްމަލްކުރަން ޖެހިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާވެސް ތަމްސީލު ކުރަށްވަމުން ގެންދަވާ އަހުމަދު ޝިޔާމް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައި އެވެ. ޝިޔާމްގެ ޓުވީޓުގައި އޭނާ ވިދާޅުވީ 2019 ވަނަައަހަރު ނުހައްޤުން އެންމެ ބޮޑުއަނިޔާއެއް ތަޙައްމަލްކުރަން ޖެހިވަޑައިގަތީ ރައީސް ޔާމީނަށް ކަމަށެވެ. އަދި ޝިޔާމް ވަނީ ރައީސް ޔާމީނަށް ކުރާއަނިޔާ ހުއްޓާލާ މިހާރުންމިހާރަށް މިނިވަންކުރުމަށްވެސް ގޮވާލާފައި އެވެ.

ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް ކުރި މަނީލޯންޑަރ ކުރުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. ޔާމީން ޖަލުގައި ހުންނަވާތާ މަހެއްހާ ދުވަސް ވެފައިވާއިރު އެމަނިކުފާނުގެ ޕާޓީގެ ފަރާތުން ގެންދަނީ އެކިއެކި ނަންނަމުގައި ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެއްވުންތައް ކުރިޔަށް ގެންދަމުންނެވެ.