English Edition
Dhivehi Edition
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލ. އަތޮޅަށް ކުރެއްވި ރަސްމި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

މި ފެށޭ އާ އަހަރުގެ ބަންދާއި ދިމާކޮށް ޗުއްޓީ ހޭދަކޮށްލެއްވުމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މާދަމާ އަވަށްޓެރި ސްރީ ލަންކާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އަދި ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު އޭއޯނިއުސް އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ލަންކާ އަށް ކުރައްވާ ދަތުރުފުޅަކީ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށާއި، އެމަނިކުފާނު ލަންކާއަށް ވަޑައިގަންނަވަނީ ހަތަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެމަނިކުފާނުގެ ޗުއްޓީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ރައީސް ސޯލިހު ޗުއްޓީ ހޭދަކުރެއްވުމަށް ލަންކާ އަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުން އެޤައުމުގައި ދިރިއުޅުއްވަ އެވެ.