English Edition
Dhivehi Edition
26 ޑިސެމްބަރު 2019ގައި އިންޑިއާއިން ރާއްޖެއައި މީހާގެ އަތުން ކަސްޓަމްސް އިން އަތުލައިގަތް ކެނަބިސް - ފޮޓޯ: ކަސްޓަމްސް

އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން 13،000ރ. އަށްވުރެ އަގުހުރި މަސްތުވާތަކެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މި ހިނގާ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ މުމްބާއީން ރާއްޖެ އައި އެޤައުމުގެ ފިރިހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެގޮތުން އުމުރުން 30 އަހަރުގެ އެ މީހާގެ އަތުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމުގައިވެސް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން ބުނީ އެމީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17 ގްރާމް ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 13،600ރ. އަށް އަރާ ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

އެގޮތުން ތަފާތު ފަސް ފަހަރެއްގެ މަތިން ކަސްޓަމްސް އިން އަތުލައިގަތް އެތަކެތީގެ ބަރުދަނުގައި ޖުމްލަ 131 ގްރާމް ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 278،000ރ. އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.