English Edition
Dhivehi Edition
މާރާމާރީ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ވިލިމާލޭގައި ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެ، ފިހާރަކަށް ގެއްލުންވެއްޖެ އެވެ.

ފުލުހުންނާއި ހަވާލާދީ “އަވަސް” ނޫހުން ރިޕޯޓްކުރާ ގޮތުގައި ރޭ 23:12 ގައި ވިލިމާލެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް ގޮސް ފުލުހުން ބެލިބެލުމުން އެއީ އެ ސަރަހައްދުގައި ހިނގި މާރަމާރީއެއްގެ ތެރޭ ހިނގި ކަމެއްކަން އެނގިފައިވާ ކަމަށާއި، އެ މާރަމާރީ ހިނގާފައި ވަނީ ދެ ގްރޫޕެއްގެ މެދުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ހާދިސާގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ވަނީ އަނިޔާވެފަ އެވެ. ފުލުހުން ބުނީ އެކުއްޖާގެ ބޮލުން ކުޑަ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި، އެ ކުއްޖާއަށް ވިލިމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.

އެ މައްސަލާގައި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.