English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫ ދޯންޏަކުން މޫދަށް ފައިބައިގެން އުޅެނިކޮށް މީހަކު މަރުވެއްޖެ އެވެ.

ރާއްޖޭގައި މަސްވެރިކަން ދިރުވާ އާލާކުރަން މަސައްކަތްކުރާ އެންޖީއޯއެއް ކަމުގައިވާ ދިވެހި މަސްވެރިން އިން ބުނީ މޫދަށް ފައިބައިގެން އުޅެނިކޮށް މަރުވެފައި ވަނީ ސ. މަރަދޫ، ‘ރަސްކުރި’ ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިޔަކު ކަމަށެވެ.

އޭނާ މަރުވެފައި ވަނީ ބޮއްޔެއް ނަގަން ފަތާފައި ދިއުމުގެ ތެރޭގައި ތިމާވީ ހާދިސާއެއްގައި ކަމަށާއި، ފަޅުވެރިޔާ ނަގާފައި ވަނީ މޫދު އަޑިން ކަމުގައިވެސް އެ ޖަމިއްޔާއިން ކުރި ޓުވިޓެއްގައިވަނީ ބުނެފައެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:08 ހާއިރު އެވެ. ފުލުހުން ބުނީ، މަރުވެފައި ވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެއްނެ އް ކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށެވެ.

މި ހާދިސާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.