Verikamuge lazzathah takai baaruthah mushu theryah nulaanan: Raees - AO News Verikamuge lazzathah takai baaruthah mushu theryah nulaanan: Raees

ކޮވިޑް 19 ކަވަރޭޖް

  • 6.2 ޓަނުގެ ބޭސް އިންޑިއާއިން ރާއްޖެ ގެނެސްދީފި
  • މަހުގެ ތަފާތު ބާވަތްތަކާއެކު ހިތަދޫ މަސްމާރުކޭޓް ހުޅުވައިފި
940,753 CONFIRMED
196,221 RECOVERED
697,013 ACTIVE
47,519 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-02 11:06
“ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުމުގައި ރައީސް ސޯލިހު މުޚާތަބުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ވެރިކަމުގެ ލައްޒަތަށްޓަކައި ބާރުތައް މުށުތެރެއަށް ނުލާނަން: ރައީސް
4 މަސް ކުރިން

ވެރިކަމުގެ ލައްޒަތާއި ޖާހު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށް ލުމަކީ، މިސަރުކާރުން ކުރާނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Advt

Advertisement

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު އިއްޔެ މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަޝްވަރާ ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާ، އެއްތަނަކުން އެއްފަހަރާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވާ މިފަދަ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.

އެރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި 8 ވަނަ އިޞްލާޙް ގެނައުމުގެ ބިލު ތަސްދީޤުކުރައްވާފައެވެ. އެ ބިލާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރު ވެރިކަމަށް އަންނަން ރައްޔިތުންނަށްވީ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދަކީވެސް، ރާއްޖެ ތަރައްޤީ ކުރެވޭނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ކަމަށް ވިދާޅުވި ވިދާޅުވުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެބިލާއެކު، ދިވެހިރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތް ފުރިހަމަ މާނައިގައި ފެށިގެން ދިޔައީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާ މަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު ރާއްޖޭގެ ހިންގުމަށް އަންނާނެ މުހިންމު ބަދަލުތަކުގެ މައްޗަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމާއި ރަށަށް، އަތޮޅަށް އަދި ސިޓީއަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް، ކައުންސިލްތަކަށް ދިނުން އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުހިންމު އިތުރު ބަދަލެއްގެ ގޮތުގައި، އަންހެން ބޭފުޅުންނަށް މިހާރަށް ވުރެ އިތުރު ފުރުޞަތުތައް މި ޤާނޫނުގެ ދަށުން ހޯއްދަވައިދެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކުގެ ތިން ބައިކުޅަ އެއްބައި އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެވިފައި އޮތް އޮތުމާއި ކޮންމެ ރަށެއްގައި، ތަރައްޤީއަށް މަސައްކަތް ކުރުމަށް 5 އަންހެން ބޭފުޅުންގެ މައްޗަށް އެކުލެވޭ، އަންހެނުންގެ ކޮމިޓީއެއް އިންތިޚާބު ކުރެވޭގޮތަށް ގެނެވިފައިވާ ބަދަލު ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ނަތީޖާއަކީ، މީހުން ދިރިއުޅޭ 179 ރަށާއި 3 ސިޓީގައި، 384 އަންހެން ބޭފުޅުން ކައުންސިލްތަކަށް އިންތިޚާބު ކުރެވިގެން ދިޔުން. އަދި އަންހެނުންގެ ކޮމިޓީތަކަށް 929 އަންހެން ބޭފުޅުން އިންތިޚާބު ކުރެވިގެން ދާނެ. މި ޢަދަދުތަކަށް ބަލާއިރު، ދެން ބާއްވާ ލޯކަލް އިންތިޚާބާ ގުޅިގެން، ޖުމްލަ 1313 އަންހެން ބޭފުޅުން، އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާނެ. މިއީ، މިންތީގެ ހަމަހަމަކަމަށް މިކުރާ މަސައްކަތުގައި އިޖްތިމާޢީ ގޮތުން ގެނެވުނު ވަރަށް ރަނގަޅު ބަދަލެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ ޤާނޫނު ތަންފީޒު ކުރުމުގައި، ކައުންސިލަރުންގެ މުހިންމު ދައުރުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކައުންސިލަރުންގެ ދައުރަކަށް ވާންވާނީ، އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ބާކީ ނުކޮށް، އިންޞާފުވެރިކަމާއެކު ކަންތައްތައް ނިންމަވަމުން ގެންދެވުމާއި ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ބޭނުންކުރަމުން ގެންދިޔުންކަން ފާހަގަކުރެއްވިއެވެ.

ކައުންސިލަރުންގެ މިފަދަ މަޝްވަރާ ބައްދަލުވުމެއް ބާއްވާއިރު، ޤައުމީ ފެންވަރުގައި ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރިކަން ފާހަގަކުރައްވައި އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ، ހަރުކަށި ފިކުރުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މީހުންގެ މައްސަލަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖްތަމަޢުން އެކަހެރިވަމުންދާ މީހުންނާއި، ޚާއްޞަކޮށް އެފަދަ ޒުވާނުންގެ މައްސަލަވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ކަންކަމުގެ އިތުރުން، ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ނުރައްކާތަކުގެ މައްސަލަތަކަކީވެސް އެ ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ މިކޮންފަރެންސްގައި ކައުންސިލަރުން ކުރައްވާ މަޝްވަރާތަކުގެ އަލީގައި، މައްސަލަތައް ޙައްލުކުރާނެ ގޮތުގެ ރަނގަޅު ސިޔާސަތުތަކެއް ހޯދައި، މިއީ ރަނގަޅު ނަތީޖާތަކެއް ޙާޞިލްކުރެވޭ، ކާމިޔާބު ކޮންފަރެންސަކަށް ވާނެކަމުގެ އުންމީދާއެކުގައެވެ.

އިއްޔެގެ އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ދައުލަތުގެ ގިނަ ޢަދަދެއްގެ ޢިއްޒަތްތެރިންނާއި ހުރިހާ ކައުންސިލުތަކުން ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. ދެދުވަހުގެ މުއްދަތަށް ކުރިޔަށްދާ އެ މަޝްވަރާ ބައްދަލުވުމުގައި 74 ރަށުކައުންސިލެއްގެ ރައީސުންނާއި 18 އަތޮޅު ކައުންސިލެއްގެ ރައީސުންނާއި މާލެއާ އައްޑޫގެ އިތުރުން ފުވައްމުކު ސިޓީގެ މޭޔަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.