English Edition
Dhivehi Edition

ނަކަލުކޮށްފައިވާ (ކައުންޓަރފިޓް) ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެ އެތެރެވުމަށް މަސައްކަތްކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ.

އިމިގްރޭޝަނުން އޭނާ ހުއްޓުވާފައިވާއިރު، އެ ޓްވީޓާއެކު އޭނާގެ ފޮޓޯއެއްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މިމަހުގެ ތިންވަނަ ދުވަހުވެސް ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު އުމުރުން 23 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވާފައިވާއިރު، އިމިގްރޭޝަނުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަދުވަހުވެސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 37 އަހަރުގެ ބިދޭސީ އަންހެނަކު އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ. އަދި ނޮވެމްބަރު 20 ގައި ވެސް ނަކަލުކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު 44 އަހަރުގެ ބިދޭސީ ފިރިހެނަކު އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ.