English Edition
Dhivehi Edition

ޤައުމަށް ހެޔޮ އެދިގެން އުޅޭނަމަ، ޗައިނާ އަށް ފާޑު ވިދާޅު ނުވާނޭ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން މި ޤައުމަށް ގެނައި ތަރައްޤީގެ އެންމެ ބޮޑު އެއް ޙިއްސާދާރަކީ ޗައިނާ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ޤައުމު ވިއްކާލާނޭ ބޭފުޅެއް ނޫންކަމަށް އަދުރޭ ވިދާޅުވެފައިވާއިރު އޭނާ އިތުރަށް ވިދާޅުވީ ބޭރު ޤައުމެއްގެ އަޅުވެތިކަމަށް މި ޤައުމު ދިޔަނުދީ ޤައުމުގައި ވެރިކަން ކުރައްވަން އެނގިވަޑައިގަންނަވާނޭ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.

“ބޭރު ގައުމެއްގެ އަޅުވެތިކަމަށް މި ޤައުމު ދިޔަ ނުދީ، ސައްތައިން ސައްތަ މުސްލިމު، އަމިއްލަ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި މި ޤައުމު ބާއްވައިގެން މި ޤައުމުގައި ވެރިކަން ކުރަން އެނގިވަޑައިގަންނަވާނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.”ރޭގެ ޖަލްސާގައި ވާހަކަވަމުން އަދޫރޭ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ދިވެހިރާއްޖެއާއި އެންމެ ގުޅުން އޭރު އޮތީ ޗައިނާ ސަރުކާރާއި އެވެ.އަދި އޭރު ރާއްޖޭގައި ހިންގި ބިޔަ ޕްރެކްޓުތަކުގައިވެސް ޗައިނާގެ ބައިވެރިވުން ފެނިގެންދިޔައެވެ. ނަމަވެސް ރައީސް ޞާލިހް ގެ ސަރުކާރު އައިފަހުން ޗައިނާއާއި އެކު އޮތް މި ގުޅުން ނުފެނޭއިރު މި ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހި ކުރާ އެއް ޤައުމަކީ އިންޑިޔާއާއި އެވެ.