English Edition
Dhivehi Edition

މި ފެށޭ 2020 ވަނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި، އިތުރު ހަ ދުވަސް ހިމެނުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި އިތުރު ހަ ދުވަސް ހިމެނުމަށް ނިންމާފައިވާ ކަމަށެވެ. އެ ދުވަސްތަކަކީ:

  • ޖެނުއަރީ، 2
  • މޭއި، 27
  • މެއި 28
  • ޖުލައި 28
  • ޖުލައި 29
  • ނޮވެމްބަރު 12

މިއަދު ރައީސް ނިންމެވި ނިންމެވުމާއެކު މިހާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 19 ދުވަހުގެ ބަދަލުގައި އަންނަ އަހަރު ބަންދު ދުވަސްތަކުގެ ގޮތުގައި 25 ދުވަސް ލިބޭނެއެވެ.