English Edition
Dhivehi Edition

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލާ ދެކޮޅަށް  މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވޯޓު ދެއްވައިފި އެވެ.

ޤާސިމާއި އެކު ދެން މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ، މަހިބަދޫ ދާއިރާގެ މެންބަރު މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ކުޑަވަހުދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ.

މި ބިލު ފާސްކުރުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 67 މެންބަރުން ވޯޓު ދެއްވިއެވެ. އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއީ އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ކަމެކެވެ.

ބަޙުސުގެ މަރުހަލާގައިވެސް ޤާސިމް އިބްރާހިމްވަނީ  މިބިލާއި ދެކޮޅަށް  ވާހަކަ  ދައްކަވާފައެވެ.

ސަރުކާރުން އަންނަ ޖެނުއަރީ އެކަކުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާ ގޮތަށް ބިލް ހުށަހެޅި ކަމުގައި ވީ ނަމަވެސް ބިލު ފާސްކުރީ އޭޕްރީލް އެކެއް 2020 އިން ފެށިގެން އިންކަމް ޓެކްސް ނަގާށެވެ. ނަމަވެސް ބިލުގެ ދަށުން ނަގާ އެހެން ޓެކްސްތައް ޖެނުއަރީ އެކަކުން ފެށިގެން ނަގާނެއެވެ.