Ahmed Hishan ah LITUS Automobiles in Cycle eh hadhiyaa kohffi - AO News
English Edition
Dhivehi Edition

Worldwide

  • 11,087,439confirmed
  • 6,212,404recovered
  • 4,348,619active
  • 526,416deaths

Maldives

  • 2,410confirmed
  • 1,976recovered
  • 419active
  • 10deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވާ އަޙްމަދު ހިޝާނަށް ލިޓަސް އޮޓޯ މޮބައިލް އިން ސައިކަލެއް ހަދިޔާ ކޮށްފިއެވެ.

Advt

Advertisement

ލިޓަސް އޮޓޯމޮބައިލް އިން ހާމަ ކޮށްފައިވާ ގޮތުގައި، ޙިޝާނަށް މި ސައިކަލް ހަދިޔާ ކުރަން ނިއްމެވީ، ޙިޝާނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ އެހީއެއް ބޭނުންވާ ކުދިންނަށް ތަފާތު ގޮތް ގޮތުން އެހީތެރިވެ މިދާއިރާއިން މުޖުތަމަޢަށް ނުހަނު ބޭނުން ތެރި މަސައްކަތް  ތަކެއް ކުރައްވަމުން  ގެންދަވާ ފަރާތަކަށް ވެފައި ،ހިޝާންގެ ސައިކަލުގައި ކުދިން މިސްކިތަށް ނަމާދަށް ގެންދާތަން ފެންނަމުންދާތީ އާއި، އަދި  ދިމާވި ކޮއްމެވެސް ކަމެއްގެ ސަބަބުން އަމިއްލަސައިކަލް ވިއްކާލާ ޚަބަރު ލިބުމާއި ގުޅިގެން މިކަމަށް އެހީތެރި ވުމުގެ ގޮތުން ނެވެ.

ޙިޝާން ވިދާޅުވީ،މިއަދު ވަރަށް އުފާވެއްޖެ ކަމަށާއި،އަމިއްލަ ވިޔަފާރިވެރިން މިފަދަ ކަންކަމުގައި ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޙިޝާނަކީ،ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ނިކަމެތިންގެ ޙާލުބަލައި އެހީތެރިވާން ކެރިގެން ނުކުތް ޒުވާނެކެވެ. ވަކި ކުލައެއް ވަކި ޖިންސެއް ވަކިއުމުރެއް ވަކިރަށެއް ތަފާތުކުރުމެއްނެތި ކުރަންފެށި މަސައްކަތުގެ ސަބަބުން ތަފާތު އެތައް އިންޒާރުތައް ލިބޭ އިރުވެސް މިމަސައްކަތުގައި ޙިޝާންވަނީ ދެމި ހުންނަވާފައެވެ.

އެތައް އާއިލާތަކަށް ހިޝާން ފޯރުވައިދޭން ބޭނުންވި އެހީތެރިކަން އެކި މުއައްސަސާތަކުގެ އެއްބާރުލުން ކުރިން ނުލިބި ދަތިތަކެއް ކުރިމަތިވި ނަމަވެސް މިހާރުގެ ނައިބުރައީސް ފައިޞަލް ނަސީމުގެ ފަރާތުން ހާއްސަކޮށް މިފަދަ ކަންކަމަށް އެއްބާރުލުން ލިބޭ ކަމަށް ޙިޝާން ހާމަކުރެއެވެ.

ހިޝާނުފަދަ ނިކަމެތިންގެ ހައްޤުތައް ހޯދައިދޭން ބޭނުންވާ ފަރާތްތަކަށް  މުޖުތަމަޢުގެއެއްބާރުލުމާއި އެހީތެރިކަން ބޭނުންވެއެވެ. ހިޝާން ގެ މަސައްކަތުގައި ބަރަކާތް ލައްވާށި އެވެ. އާމީން.