English Edition
Dhivehi Edition

ނޭޕާލުގައި ކުރިއަށްދާ  ތޭރަވަނަ ސައުތު އޭޝިން ގޭމްސްގައި ސާއިދު އަނެއްކާވެސް ރާއްޖެއަށް މެޑެއްޔެއް ހޯދައި ދީފި އެވެ.

މިއަދު ބޭއްވުނު 200 މީޓަރ ދުވުމުގައި ސާއިދުވަނީ ރާއްޖެއަށް ލޯ މެޑެލް އެއް ހޯދައިދީފައެވެ.ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން އިއްޔެ ސާއިދު ވަނީ ރަން މެޑަލް ހޯދާފާއެވެ.

ހަސަން ސާއިދު،އިއްޔެގެ 100 މީޓަރުގެ ދުވުން ނިއްމާ ލުމަށްފަހު ރާއްޖޭގެ ދިދައާއި އެކު

ސާއިދުގެ ޓައިމިން އަކީ 21.22 ސިކުތެވެ. ސާއިދަކީ އާއްމުކޮށް ކޮންމެ މުބާރާތެއްގައި ވެސް 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގައި ވާދަކުރާ ދުވުންތެރިޔެކެވެ.

ސާއިދު މިއަދު ފައިނަލުން ފުރުސަތު ހޯދީ 21.83 ސިކުންތުން ދުވެ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. ހީޓުގެ އެއް ވަނަ ހޯދީ 21.64 ސިކުންތުން ދުވި ޕާކިސްތާނުގެ މުހައްމަދު ޝާހްބާ އެވެ. އަދި ދެ ވަނަ އަކީ 21.70 ސިކުންތުން ނިންމި ސްރީ ލަންކާގެ ވިނޯޖް ސުރަންޖާޔާ އެވެ.

ސައުތު އޭޝިއަން ގޭމްސް އިން މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީތައް ހިއްސާކޮށްފައިވާ އެތުލީޓަކީވެސް ސާއިދެވެ.