Idhikolhu memberun thibee ufalun:Member raaee - AO News
English Edition
Dhivehi Edition

Worldwide

  • 11,087,439confirmed
  • 6,212,404recovered
  • 4,348,619active
  • 526,416deaths

Maldives

  • 2,410confirmed
  • 1,976recovered
  • 419active
  • 10deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

އިދިކޮޅު މެންބަރުންގެ ފަރާތުން ފެންނަމުންދަނީ މިނިވަންވެފައިވާ އިހުސާސްތަކެއްގެ ތެރެއިން އުފާވެރި ޝުއޫރުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާއީ  ވިދާޅުވެއްޖެއެވެ.

Advt

Advertisement

މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރާއީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރަނީ އިހުތިޖާޖެއް ނޫންކަމަށެވެ.އަދި މިހާރު މަޖިލީހުގެ ތަޅުމުން ފެންނަމުންދަނީ އުފާ ފާޅުކުރުން ކަމުގައި ރާއީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއީ ވިދާޅުވީ  ފާއިތުވި ދެ ތިން ދުވަހު އިދިކޮޅުން ނެރުނު ހިތްވަރެއް މިއަދު ނުފެންނާނެ ކަމަށާއި  އިހުތިޖާޖު ކުރާ މެންބަރުންގެ ތެރެއިން ދެ ބޭފުޅަކު ވަނީ “އަރާމުކޮށްލަން” ރާއްޖޭން ބޭރަށް ވަޑައިގެންފައި ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި އިދިކޮޅު މެމްބަރުން އަންނަނީ އިހްތިޖާޖްކުރަމުންނެވެ.

ޔާމީން ދޫކޮށްލަން ގޮވާލައި ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން  މަޖިލީހުގައި އަޑުގަދަ ކުރައްވަމުން ގެންދަވާ މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ކ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

ކުރީގެ ރައީސް  ޔާމީން ޖަލަށްލާން ހުކުމް ކުރި ދުވަހުވެސް މަޖިލީހުގައި އިހްތިޖާޖް ކުރާނެ ކަމަށް އިދިކޮޅު މެމްބަރުން ބުނެފައިވާއިރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގެ މަގުތަކުގައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފަ އެވެ.