ބިން ދޫކުރުުމުގެ ކުރިން ޕްލޭނިންގ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޤަވާއިދަށް އިސްލާޙު ގެނެސްފި
2 ދުވަސް ކުރިން
އާމިނަތު ޚާލިސާ

ކައުންސިލްތަކުގެ ބެލުމުގެ ދަށުން ބޮޑެތި ބިންތަކާއި، ދިގު މުއްދަތަށް ދޫކުރާ ބިން ދޫކުރުުމުގެ ކުރިން ޕްލޭނިންގ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ.

ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަަކަށް، ބިންދޫކުރުމުގެ ޤަވާއިދުގެ ދަށުން މީގެ ކުރިން އެ ހުއްދަ ދެމުން އައިސްފައި ވަނީ ހައުސިންގ މިނިސްޓްރީންނެވެ.

Advt

Advertisement

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަަކަށް ބިންދޫކުރުމުގެ ޤަވާއިދަށް އިއްޔެ ގެނައި ފުރަތަމަ އިސްލާޙުގައި ބުނެފައި ވަނީ، 10 އަހަރުގެ މުއްދަަތަށް ވުރެ ދިގު މުއްދަތަކަށް ދޫކުރާ ބިންތަކާއި އަދި 10،000 އަކަފޫޓަށް ވުރެ ބޮޑެތި ބިންތައް، އަމިއްލަ ފަރާތަކަށް ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ބޭނުމަށްވެސް ދޫކުރަން ވަނީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ މަޝްވަރާ އާއި ހުއްދަ ލިބިގެން ކަމަށެވެ.

2018 ވަނަ އަހަރު އެކުލަވާލައި ތަންފީޒު ކުރަންފެށި ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަަކަށް، ބިންދޫކުރުމުގެ ޤަވައިދުގެ ދަށުން އޭރު ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ބެލެހެއްޓުމުގެ ދަށުގައި ހުރި ބިންތައް ވެސް ކުއްޔަށް ދޫކުރަމުން އައީ ހައުސިން މިނިސްޓްރީން ނެވެ.