English Edition
Dhivehi Edition

އަވައްޓެރި އިންޑިޔާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފ. ނިލަންދޫ / ރާހި ފާތިމަތު އަހުމަދަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖު ސަރަހައްދުގައެވެ. މި ސަރަހައްދަކީ ދިވެހީން ބޭސްފަރުވާއަށް ވަރަށްގިނައިން ގޮސްއުޅޭ ސަރަހައްދެކެވެ.

މެޑިކަލް ކޮލެޖް ސަރަހައްދުގައި ހިންގި މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ކަނާތު ފައި ބިންދައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބިފައިވާއިރު އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައިކާރެއް އަނިޔާވި އަންހެން މީހާގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ކާރު ދުއްވި މީހާ  ފިލާފައިވާއިރު އިންޑިއާ ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.