English Edition
Dhivehi Edition

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ކާމިޔާބު  ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދައިފިއެވެ.މިއީ މިމުބާރާތުން ރާއްޖެއަށް ރަން މެޑެލްއެއް ލިބުނު ފުރަތަމަ ފަހަރެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 2015 ވަނަ އަހަރު ރަން މެޑަލް ހޯދައި ބައިނަލްއަގްވާމީ މިފަދަ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ އެތުލީޓުގެ ޝަރަފް  ސާއިދުހޯދާފައިވެއެވެ.

 

ސައުތު އޭޝިއަން ގޭމްސްއިން  2016 ވަނަ އަހަރުވެސް ސާއިދު ކާމިޔާބީތަކެއް ހޯދިއެވެ. އިންޑިއާގައި އޮތް އެފަހަރުގެ މުބާރާތުގެ 100 މީޓަރު ދުވުމުން ރިހި މެޑަލް ހޯދީ 10.41 ސިކުންތުން ދުވެގެންނެވެ. އެ ފަހަރު ރަން މެޑަލް ހޯދީ 10.28 ސިކުންތުން ދުވެ، މިއަދުގެ ހީޓުގެ އެއް ވަނަ ހޯދި ލަންކާގެ ހިމާޝާ އެވެ. އަދި ލޯ މެޑަލް ހޯދީ 10.69 ސިކުންތުން ދުވި ލަންކާގެ މުހައްމަދު އަޝްރަފުލް އެވެ . އޭނާ ވަނީ 2017 ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދައި ރާއްޖެ އަށް އޭޝިއާ ފެންވަރުގެ ފުރަތަމަ މެޑަލް ހޯދައިދީފަ އެވެ

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގެ ރިހި މެޑަލް ހޯދި ސާއިދު މި ފަހަރު ރަން މެޑަލް ހޯދީ 10.49 ސިކުންތުން ދުވެގެންނެވެ. އެންމެ ފަހުގެ ގޭމްސްގައި ރަން މެޑަލް ހޯދި ލަންކާގެ ހިމާޝާ އީޝާން ރޭސް ފަށައިގެން އެއް ވަނައިގައި އޮތް ނަމަވެސް ފަހު ވަގުތު ސާއިދު ދެމި ގަނެ 0.1 ސިކުންތުގެ ފަރަގަކުން ރަން މެޑަލް ކާމިޔާބުކުރީ އެވެ. ހިމާޝާގެ ޓައިމިން އަކީ 10.50 ސިކުންތެވެ

ހީޓުގައި ސާއިދު 10.66 ސިކުންތުން ދުވިއިރު އެއް ވަނަ ހޯދީ 10.51 ސިކުންތުން ދުވި ހިމާޝާ އެވެ. އަދި ދެ ވަނަ ހޯދީ 10.60 ސިކުންތުން ދުވި އިންޑިއާގެ ގުރިންދެރްވިރް ސިންހެވެ.

 

ސާއިދުގެ އިތުރު ކާމިޔާބީ ތަކުގެ ތެރޭގައި  އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލްވހިމެނެއެވެ.