English Edition
Dhivehi Edition

ވޭތުވެ ދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ހެލްތް ސެންޓަރެއްގައި މީހަކު ވިހާފައިނުވާކަމަށް ރައްޔަތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީގައި އަޅަން ނިންމަފައިވާ ހޮސްޕިޓަލާ ބެހޭ ގޮތުން ސުވާލު ކުރުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ހާޒިރުކޮށް ވާހަކަދައްކަމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ނަޝީދު ވަޑައިނުގަންނަވާ ހެލްތް ސެންޓަރެއް ރާއްޖޭގައި ނުހުންނާނެ ކަމަށާއި ރަށެއްގައި ސިއްހީ މަރުކަޒެއް އަޅައި އެނދުތަކެއް ބެހެއްޓި ނަމަވެސް ގިނަ ވާނީ އެނދުތައް ހުސްކޮށް ހުންނަ ގަޑިތައް ކަމަށެވެ. “ބައެއް ފަހަރަށް ވޯޑުގައި އިންނަ ހަތަރު އެނދު ފަސް އެނދު ފުރިދާނެ. އެއީ ރޯގާއެއް އައިސްގެން ޗިކަންގުންޏާ ޖެހިގެން ނުވަތަ މިބާވަތުގެ ކޮންމެސް ކަމަކާ ގުޅިގެން. އެހެން ނަމަވެސް ގިނަ ވަގުތު އެ ހުރިހާތަނެއްވެސް ހުންނާނީ ހުސްކޮށް.” ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ތަރައްގީއަކީ ހޮސްޕިޓަލު އިމާރާތް ކުރުން ކަމަށް ދެކޭނަމަ އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށާއި ތަރައްގީއަކީ އެތަނަކުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވުން ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅުވައިގެން މިނިސްޓަރު އަމީން ވިދާޅުވީ އާންމުކޮށް ރަށްރަށުގައި މީހުން ވިހާތަން މިހާރު ނުފެންނަ ކަމަށާއި ވިހަން ވެއްޖެ ނަމަ ކޮންމެ މީހަކުވެސް ދަނީ އަތޮޅު ހޮސްޕިޓަލަށް ނުވަތަ މާލެއަށް ކަމަށެވެ.

1 ކޮމެންޓް
Kabulo
ޑިސެމްބަރު 2, 2019
Nasheed heekedeleh.hulhudhoo meedhoo health centre e yas faaithuvi 7=aharo dhuvehi 3veriya thebe vehiya