English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްﷲ ޖާބިރު ގޮވާލާފައި އެވެ.

މެމްބަރު ޖާބިރު މިގޮތަށް ގޮވާލާފައި ވަނީ މިއަދު ޗެނަލް 13 ގައި ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ވިދާޅުވީ ރައީސް ޔާމީން އަކީ އޭނާ އާއި ވަރަށް ގާތް ބޭފުޅެއް ކަމަށާއި ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ޙުކުމާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ޖާބިރު ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރުމަށްޓަކައި މަސައްކަތް ފައްޓަވާނެ ކަމަށެވެެ.

ޖާބިރު މިއަދު ވަނީ ރައީސް ޔާމީން އާއި ބައްދަލު ކުރެއްވުމަށް އެދި ހޯމް މިނިސްޓަރ އަށް ސިޓީފުޅެއް ވެސް އަރުވާފައި އެވެ. މިއީ ރައީސް ޔާމީން މިނިވަން ކުރުމަށް މިފަދަ ގޮތަކަށް ގޮވާލި ފުރަތަަމަ ސިޔާސީ ޕާޓީގެ ލީޑަރެވެ.

ރައީސް ޔާމީން ގެ މައްޗަށް ކްރިމިނަލް ކޯޓުން 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

1 ކޮމެންޓް
ރާފަޅާ
ޑިސެމްބަރު 1, 2019
ޖާބިރު ހުންނަނީ ހަމައިގަކަމާއިމެދު ޝައްކުއުފެދޭ. އެއްދުވަހު ބުނާނެ ޔާމީނު ހުންނަންޖެހޭނީ ޖަލުގައޭ. އެމަންޒަރު ބަލަންބޭނުމޭ. މިއަދު މިކިޔަނީ އެހެންވާހަކައެއް. މިހެންވެ ސުވާލުއުފެދެނީ