English Edition
Dhivehi Edition

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަޔާއި ގަދަ ވަޔާއި އެކު ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ފްލެޓް ތަކުގައި ހުރި ފެންސު ތަކެއް މަގުމަށްޗަށް ވެއްޓިއްޖެ އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާއިރު ފެންސު ވެއްޓުނު މަގަކީ ކާރުބާރު ބޮޑު މަގެކެވެ. މި ފެންސު ވެއްޓުނު ވަގުތު އެ ސަރަހައްދުން ބައެއް އުޅަނދު ތައް ދަތުރުކުރި ކަމަށް ރާއްޖޭގެ ބައެއް މީޑިޔާ ތަކުން ރިޕޯޓު ކުރެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ވެސް ނެރެފައެވެ.

ވައި ޖެހޭނެ ގޮތަށް ބަލާއިރު އިރާއި އިރުދެކުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ތަފްސީލް އަންނަނީ…