English Edition
Dhivehi Edition

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް މިމަހުގެ 22 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓް ގާޑް ޝިޕް ޝަހީދު އަލީގެ ބެލުމުގެ ދަށަށް ގެނެވުނު ސްރީ ލަންކާގެ ހަތް މަސް ބޯޓު ރޭ ފަތިހު ހުޅުމާލެ ގެނެސްފި އެވެ.

މި ހަތް ބޯޓު ފެނިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު މިމަހުގެ 21 ވަނަ ދުވަހުގެ ފަތިހު “އަސުރުމާ – 3” ނަމަކަށްކިޔާ މަސްދޯންޏަކުން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި ހިއްސާކުރުމުން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި މި ބޯޓުތައް ހިފަަހައްޓާފައި ވަނީ މާލޭގެ އިރުން 175 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި މި ބޯޓުތަކުގެ ތެރެއިން ދެބޯޓެއް ހިފަހައްޓާފައި ވަނީ ދާއަޅައިގެން މަސްވެރިކަން ކުރަމުންދަނިކޮށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ މިހާރު އާންމު ކަމެކެވެ. އެމްއެންޑީއެފް އިން ވަނީ އިންޑިޔާ އާއި ލަންކާގެ މަސްބޯޓުތައް ވެސް މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައެވެ.