English Edition
Dhivehi Edition

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު އަވައްޓެރި ސްރީލަންކާ ގެ 7 މަސްބޯޓެއް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި މަސްބޯޓުތައް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ. އެ އިދާރާއިން ވިދާޅުވީ މި މަސްބޯޓުތައް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ މާލޭއާއި170 މޭލު ބޭރުންކަމަށެވެ.

“މި މަސްބޯޓުތަކުގެ ތެރެއިން 2 މަސްބޯޓު އޮތީ ދާއަޅައިގެން މަސްވެރިކަން ކުރަން” އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ މިހާރު އާންމު ކަމެކެވެ. އެމްއެންޑީއެފް އިން ވަނީ އިންޑިޔާ އާއި ލަންކާގެ މަސްބޯޓުތައް ވެސް މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައެވެ.