English Edition
Dhivehi Edition

އިންޑިޔާގައި ކެއްކުމުގެ ހުނަރު ތަކާއި އެކު ދައްކަމުން އަންނަ އިންޑިޔަން ޓީވީ ޝޯއެއް ކަމަށްވާ “މާސްޓަ ޝެފް އިންޑިއާ” ގެ އާ ސީޒަނެއް ދެއްކުމަށް ތައްޔާރުވެއްޖެއެވެ.

މީރު ކެއްކުންތައް ދައްކާ މި ޝޯ ގެ މިފަހަރު ދައްކަނީ ޝޯގެ 6 ވަނަ ސީޒަނެވެ. ކޮންމެ އަހަރަކުވެސް މި ޝޯ ދައްކަމުން އަން ސްޓާރ ޕްލަސް އިން ބުނީ މިފަހަރުގެ މާސްޓަރ ޝެފް އިންޑިޔާގެ 6 ވަނަ ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ތާރީޚަކީ ޑިސެމްބަރު 7 ކަމަށެވެ.

މިފަހަރުގެ މާސްޓަރ ޝެފް ގައި ހަރަކާތްތެރިވާ ޖަޖުންނަކީ ރަންވީރު ބްރާރް އާއި ވިކާސް ކަންނާގެ އިތުރުން ވިނީތު ބާޓިއާ އެވެ. މަޝްހޫރު ޝެފުންނާއި އެކު ކުރިޔަށްދާ މި ޝޯގައި ކާމިޔާބުވާ ފަރާތަކަށް 10،000،000 ރުޕީސް (140,065 ޑޮލަރު) ލިބެއެވެ. މީގެ އިތުރުން ކައްކާ ފޮތެއް ނެރުމުގެ ފުރުސަތާއި އަމިއްލަ ކައްކާ ޝޯއެއް ތައްޔާރުކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ.

މާސްޓަރ ޝެފް އިންޑިޔާގެ ޝޯތައް ފުރަތަމަ ފަހަރަށް ދައްކަން ފެށީ 2010 ވަނަ އަހަރުގައި އެވެ. އަދި އެންމެ ފަހަކަށް މާސްޓަރ ޝެފް ޝޯއެއް ދައްކާފައި ވަނީ 2016 ވަނަ އަހަރުގަ އެވެ.