English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ 69 މެމްބަރުންގެ ވޯޓާއި އެކު ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމައިފިއެވެ.

އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް 69 މެންބަރުން ވޯޓު ދިންއިރު އިދިކޮޅަށް ވޯޓު ދެއްވީ 9 މެމްބަރުންނެވެ. ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރުމަށް ވޯޓު ދެއްވީ 69 މެމްބަރުންނެވެ. އަދި އިދިކޮޅަށް ވޯޓު ދެއްވީ 9 މެމްބަރުންނެވެ.

އެގޮތަށް ފާސްވުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ އުފާ ފާޅުކޮށް އަތްތިލަ ބަޑި ޖަހައިފަ އެވެ. އެކަމާ ގުޅިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކާމިޔާބީގައި ހިތްތިރި ކުރަން ޖެހޭނެ ކަމަށެވެ.

ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބަލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުދަ ދުވަހުގައެވެ. ޖޭއެސްސީން ވަނީ މި ދެ ފަނޑިޔާރުން 60 ދުވަހަށް ސަސްޕެންޑް ވެސް ކޮށްފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގައި ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރި އިރު މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަކިކުރި ސުޕްރީމްކޯޓުގެ 3 ވަނަ ފަނޑިޔާރެވެ. އެގޮތުން މީގެ ކުރިން މަޖިލީހުން ވޯޓެއް ނަގައި ވަކިކޮށްފައި ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.