English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މުލިމަތި ޖަމްމިއްޔާއިން ކުރިއަށް ގެންދާ ‘ހެއްޔޯ ނެޓްބޯޅަ މުބާރާތް 2019’ ފަށައިފިއެވެ.

އިއްޔެ ހަވީރު މީދޫ ސްޕޯޓްސް އެރީނާގައި ފެށިގެން ދިޔަ މި މުބާރާތަކީ މި މަހުގެ 17 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތާއި ބެހޭ ގޮތުން މުލިމަތި ޖަމްމިއްޔާއިން ބުނީ މިއީ މީދޫގައި ކުޅިވަރުކުޅޭ ކަނބަލުންނަށް ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުސަތުތަކެއް ހޯދައިދީ އިޖްތިމާއީ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއްކަމަށެވެ.”މި މުބާރާތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ މުބާރާތެއް. އެހެންކަމުން މި ފުރުސަތުގައި އެ ފަރާތްތަކަށް ޝުކުރު ދަންނަވަން”

މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޝޫޓިން ސްޓާރ އާއި ހުޅުދޫ ނެޓްބޯޅަ ޓީމެވެ. މި މެޗު 13-13 އިން އެއްވަރު ވެފައިވާއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަޖަން އިސްމާއީލް އެވެ. އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި އަރުތަ އާއި ފިސަހަރި ބައްދަލުކުރުމުގެ މެޗު 14-01 އަކުން ކާމިޔާބުކުރީ އަރުތައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަރުތަ ޓީމްގެ ފަތުމަތު ލައުޒާ ނޫމާންއެެވެ.

މި މުބާރާތުގައި ހުޅުމީދޫ އިން ޖުމްލަ 05 ޓީމް ބައިވެރިވެފައިވާ އިރު މި މުބާރާތުގައި ކޮންމެ ދުވަހަކު ހަވީރު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.