English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވާލައްވާފައިވާ ރިޕޯޓުގައިވާގޮތުން ބަންގްލަދޭޝް ގައި ދަންޖެހިފައި އޮއްވާ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފް މަރުވެފައި ވަނީ އަމިއްލަ އަށެވެ.

ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ރައުދާ އާތިފް މަރުވެފައި ވަނީ އަމިއްލަ އަށް ކަމަށް ބުނެފައިވާއިރު ބަންގްލަދޭޝް ގެ ފުލުހުން ވެސް ބުނީ ރައުދާ މަރުވެފައި ވަނީ އަމިއްލަ އަށް ކަމަށެވެ.

އުމުރުން 21 އަހަރުގެ ރައުދާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ 2017 ވަނަ އަހަރުގެ މާޗް މަހު 29 ވަނަ ދުވަހު ބަނގުލަދޭޝްގެ އިސްލާމީ ބޭންކު މެޑިކަލް ކޮލެޖުގައި އޭނާ ދިރިއުޅޭ ކޮޓަރީގައި އެވެ. ގިނަ ބަޔަކު ބުނީ ރައުދާ މަރުވީ އަމިއްލައަށް ނޫންކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށެވެ.

ބަންގްލަދޭޝް ގެ ފުލުހުން ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނެފައިވީނަމަވެސް ރައުދާގެ ބައްޕަ ވަނީ އެކަން ދޮގުކޮށްފައެވެ. އަދި 2017 ވަނަ އަހަރު ރައުދާގެ ބައްޕަވަނީ ރައުދާ މަރާލީ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށައަޅާފައި އެވެ.