English Edition
Dhivehi Edition
މަރުވި މީހާގެ ހަށިގނަޑު މާލެ ގެނެސް ބާލަނީ - ފޮޓޯ: އަވަސް

މާލެއިން ފުރައިގެން ތިލަފުށްޓަށް ދަތުރުކުރި ޑިންގީއަކުން ކަނޑަށް ފުންމާލި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މާލެއިން ތިލަފުށްޓަށް ދަތުރުކުރަމުން ދިޔަ ޑިންގީއަކުން ކަނޑަށް ފުންމާލި މީހަކު ނުފެނިގެން އުޅޭކަމުގެ ޚަބަރު ލިބުނީ މިއަދު މެންދުރުފަހު 15:16 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން އެމީހާ ހޯދަމުން ދަނިކޮށް ކަނޑުގެ އަޑިން އޭނާ ފެނިފައިވާ ކަމަށާއި، އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހޯދަމުންދާތާ ގަޑިއެއްހާއިރު ފަހުން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

“އަވަސް” ނޫހުން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ ގ. މާލެހިޔާ 1ގެ ފްލެޓެއްގައި ދިރިއުޅެމުން އައި އަހްމަދު އަނީސް ނަމަކަށް ކިޔާ 33 އަހަރުގެ މީހެކެވެ.

އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.