English Edition
Dhivehi Edition

މުސްލިމުން ނަމާދުކުރަން މިސްކިތެއް ބޭނުން ނުވާކަމަށް މަޝްހޫރު ބޮލީވުޑް ތަރި ސަލްމާން ހާންގެ ބައްޕަ ސާލިމް ހާން ބުނެފިއެވެ.

ސާލިމް މިހެން ބުނީ، އިންޑިއާގެ ބަބްރީ މިސްކިތާއި ގުޅިގެން އެޤައުމުގެ މަތީކޯޓުން އިއްވި ހުކުމާއި ގުޅޭގޮތުން އޭނަގެ ޚިޔާލު ފާޅުކުރުމުގެ ގޮތުންނެވެ.

ބަބްރީ މަސްޖިދް އަކީ 18ވަނަ ގަރުނުގައި އަޅާފައިވާ މިސްކިތެކެވެ. މި މިސްކިތް ބިނާކޮށްފައި ވަނިކޮށް ހިންދޫ ކަލާންގެ ރާމާ އަށް އަޅުކަން ކުރާ ބަޔަކުވަނީ މި މިސްކިތް އަޅާފައި ހުރީ ރަމާ އުފަންވީ ތަނުގައި ކަމަށްބުނެ މުސްލިމުންނާއި ހިންދޫންގެ މެދުގައި މައްސަލަހޫނުވެ ހަނގުރާމަވެސް ކޮށްފައެވެ. މިމައްސަލައާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ އެބިމުގައި އެއްވެސް އިމާރާތެއް ނުކުރެވޭނެ ކަމަށް ނިންމައި ސަރުކާރުން ބިންނަގާފައެވެ.

ނަމަވެސް މިހާރު ސަރުކާރުން އެބިމުގައި ސްކޫލެއް ބިނާކުރުމަށް ނިންމުމާއި ގުޅިގެން މުސްލިމުން ވަނީ މިކަމާއި ގުޅިގެން ނުރުހުންފާޅުކޮށްފައެވެ. މިމައްސަލައިގައި ސާލިމް ބުނީ، މުސްލިމުން އަޅުކަންކުރަން ކޮންމެހެން މިސްކިތެއް ބޭނުންނުވާކަމަށާއި، އެތަނަކީ ނަންމަޝްހޫރުވެފައި ތާރީހީ ތަނަކަށް ވުމުން އެތަނުގައި މިސްކިތެއް އެޅުމަށްވުރެ ރަނގަޅުވާނީ ސަރުކާރުން ބޭނުންވާގޮތަށް ސްކޫލެއް އެޅުން ކަމަށެވެ. އިންޑިއާގެ މަތީކޯޓުން އިއްވި ހުކުމަށް ތާއީދު ކުރަމުން ސާލިމް އިތުރަށް ބުނީ އިސްލާމްދީނުގެ އެންމެ މަތިވެރި ދެ ޝިއާރަކީ އޯގާތެރިވުމާއި މާފުދިނުން ކަމަށެވެ. އަދި މުސްލިމުން ގޮތްދޫކުރަންޖެހޭ ކަމަށް އޭނަބުންޏެވެ.

“މީގެ ކުރިން ކޯޓުގެ ނިންމުމަށްފަހު މުސްލިމުންނާއި ހިންދޫންގެ މައްސަލަ ވަނީ އަމާންކަން ދެމެހެއްޓިފައި، އެހާދިގު މުއްދަތަކަށް ދިމާވި މައްސަލަ ހައްލުވެފައިވާތީ އެކަމާ ވަރަށް އުފާކުރަން، ޕްރައިމް މިނިސްޓަރގެ ވާހަކައަށް ތާއީދުކުރަން. މިއަދު އެންމެނަށް ވެސް މުހިންމީ އަމާންކަމާއި ކުރިއަށް އޮތްޖީލު ބިނާކުރުމަށް އެންމެން މަސައްކަތް ކުރުން. އެހެން ކަމުން ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އެ ތާރީހީ ބިމުގައި ސްކޫލެއް އެޅުމަށް ފެނޭ” ސާލިމް ބުންޏެވެ.

ސާލިމް މިމޭރުމުން ވަހަކަދައްކާފައިވަނީ މީގެ އެތައްގަރުނުތަކެއް ކުރިން މުސްލިމުންނާއި ހިންދޫންގެ މެދުގައި އުފެދުނުފަދަ ރުޅިވެރިކަމެއް އުފެދުނަ ނުދިމަށް އެކަމަށް މިވަގުތު އޮތް އެންމެ ރަނގަޅު ހައްލަކީ ސަރުކާރުން ބޭނުންވާގޮތަށް ހުރިހާ މުސްލިމުންވެސް އެއްބަސްވެ އެކަން ކުރުމަށް ހުރަސްނޭޅު މަށް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.