English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބަލަން މިއަދު ނިންމައިފި އެވެ. ޖޭއެސްސީން މިގޮތަށް ނިންމީ ފަނޑިޔާރު އާދަމް މުހައްމަދު ތަހުގީގަށް ހާޒިރު ނުވުމަށް ދައްކާފައިވާ އުޒުރަކީ ބަަލައި ނުގަނެވޭ އުޒުރަކަށް ވުމުން ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހަށް ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އާދަމް މުހައްމަދުގެ ޤާނޫނީ ވަކީލު ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު އަޑުއެހުމަށް ވަޑައިނުގަންނަވާތީ އެ އަޑުއެހުން ވަނީ ފަސްކޮށްފައެވެ. އޭގެ ކުރީގައި ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލަކަށް ހަމަޖެއްސި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބަލައިނުގަންނަން ޖޭއެސްސީން ނިންމައި އަޑުއެހުން ފާސްކުރީ އެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ހާޒިރުކޮށް ޖޭއެސްސީން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ.