English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް

ހުޅުދޫ ސްކޫލްގެ ލީޑަރުންނަށް ” ލީޑާރސްކޭމްޕް ” ގެ ނަމުގައި އެއްދުވަހުގެ ކޭމްޕެއް މިދިޔަ ހޮނިހިރު ދުވަހު ހާވީރުން ފެށިގެން އާދިއްތަ ދުވަހުގެ ހަވީރަށް ކުރިއަށް ގެންގޮސްފިއެވެ.

މި ކޭމްޕްގެ ޝިޢާރަކީ، “ހެލްތީ ލީޑާރސް – ވެލްތީ ފިއުޗަރ” މިޝިޢާރެވެ.މިކޭމްޕްގެ ފެސިލިޓޭޓަރަކީ ހިތަދޫސްކޫލްގެ ލީޑިންގ ޓީޗަރ އަޒުފާ ސައިދެވެ.

މި ކޭމްޕްގައި ބައިވެރިވެފައިވަނީ، ސްކޫލްގެ ޕްރީފެކްޓް ބޯރޑްގެ ދަރިވަރުންގެ އިތުރުން އެކިއެކި ކުލަބުތަކުގެ ލީޑަރުންނާއި ހައުސްތަކުގެ ލީޑަރުންނެވެ. އެގޮތުން ޖުމްލަ 36 ލީޑަރުން ބައިވެރިވިއެވެ.

މިކޭމްޕްގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރޭގައި ފަސްޓް އެއިޑް،ލީޑަރޝިޕް ،އެންޓިބުލީން،އަދި ދީނީ މައުލޫމާތުގެ ސެޝަންތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންގެ އެކިއެކި ހުނަރު އިތުރު ކުރުމުގެ މަޤުސަދުގައި ޓެލެންޓްޝޯވް،ލައިފްސްކީލްސް ކުލާސްތައް އަދި ޓްރެޝަރ ހަންޓް ގެ އިތުރުން ކެއްކުމުގެ ހުނަރު ދައްކާލުމަށްވެސް ދަރިވަރުންނަށް ފުރުސަތު ދެވުނެވެ.

މިކޭމްޕްގެ ބެސްޓް އަންހެން ކޭމްޕަރ އަކަށް ގްރޭޑް 6އޭގެ ދަރިވަރު ފާތުމަތު އާނާ ޝާނީޒު ހޮވުނުއިރު ބެސްޓް ފިރިހެން ކޭމްޕާރ އަކަށް ހޮވިފައިވަނީ، ގްރޭޑް 5އޭގެ ދަރިވަރު އަހުމަދު އަޒާން ޝަންވީލެވެ.

މީގެ އިތުރުން ބެސްޓް ގްރޫޕަކަށް ސްމައިލް ގްރޫޕް ހޮވުނު އިރު ބެސްޓް ޝެފް ގްރޫޕަށްވެސް ހޮވިފައިވަނީ ސްމައިލް ގްރޫޕެވެ.

މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކި ދަރިވަރުން ހާމަ ކުރިގޮތުގައި، މިކޭމްޕުން އެދަރިވަރުންނަށް ވަރަށް ގިނަގުނަ މައުލޫމާތުތަކާއި ހުނަރުތައް ދަސްވެގެން ދިޔައެވެ. އަދި މިދަރިވަރުންގެ އުއްމީދަކީ، މިފަދަ އިތުރު ފުރުސަތުތަކެއް އެ ދަރިވަރުންނަށް ލިބިގެން ދިއުމެވެ.

މީގެ އިތުރުން މި ކޭމްޕް ސްކޫލްގައި ކުރިއަށް ގެންދިއުމަށްޓަކައި ކޮށްދެއްވި ބުރަމަސައްކަތައް ސްކޫލްގެ ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ދީދީ އަށާއި ލީޑިންޓީޗަރ އައިޝަތު މިލްޒާ އަށާއި އަދި ލީޑިންގ ޓީޗަރ ތަވީލް ޢަބްދުލް މުހްސިނަށް ބެލެނިވެރިންނާއި ދަރިވަރުން ޝުކުރު އަދާކުރިއެވެ.