English Edition
Dhivehi Edition

ހދ. ކުޅުދުއްފުށީ ފެރީއެއްގެ ޖެނެރޭޓަރު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ކުޅުދުއްފުށީ ބަނދަރުގައި އޮތް އެމްޓީސީސީގެ “އުނިޔާ” ނަމަކަށް ކިޔާ ފެރީގެ ޖެނެރޭޓަރު ރޫމްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރުފަހު 13:30 ހާއިރު ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއްވެސް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެއެވެ.