English Edition
Dhivehi Edition

ރާއްޖޭގެ މައި ވައިގެ ދޮރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓް(ވީއައިއޭ) ގެ މަޝްރޫޢު އަކީ އަންނަ އަހަރު އެންމެ އިސްކަމެއް ދީގެން ކުރަށްވާނެ މަޝްރޫޢު ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިގޮތަށް ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދީގެން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި، ވީއައިއޭގެ މަޝްރޫޢު ހިމެނޭ ކަމަށެވެ. ވީއައިއޭ ގެ އާ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް މިހާރު އަލުން ފަށައިގެން ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވަނީ ފާހަގަކުރަށްވާފައި އެވެ.

ވީއައިއޭގައި އަލަށް ހަދާ ޓާމިނަލް އަކީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ނުވަތަ 5.3 ބިލިއަން ރުފިޔާ ޙަރަދުކޮށްގެން ހަދާ ޓާމިނަލެކެވެ. ވީއައިއޭ ގިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ އަލަށް ހަދާ ޓާމިނަލް ގައި ގޭޓް ބަހައްޓައި 36 އިމިގްރޭޝަން ކައުންޓަރު ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި އެވެ.