English Edition
Dhivehi Edition

19 މީހުންނާއި އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ދެ ބޯޓު އަތުލައިގެންފި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ދެ ބޯޓު އަތުލައިގަތީ ހއ.ތުރާަކުނުގެ ހުޅަނގު އުތުރުން 29 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އަދި މި ދެ ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ އަތޮޅު އުލިގަމު ބޭރުގައި ބަނދަރުކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މި ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގައި 9 މީހުން އަދި އަނެއް ބޯޓުގައި 10 މީހުން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ބޯޓު ތަކުގައި ނަގާފައި ހުރީ އިންޑިޔާގެ ދިދަ ކަމަށާއި މި ބޯޓުތަކާއި ބެހޭ މައުލޫމާތު ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.