ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ބޮޑު އެއް ޓީމު، ބާސާގެ ފުޓްބޯޅަ ޓީމުގެ ރައީސް ޖޯސެފް މާރިޔާ ދިވެހިރާއްޖެއަށް އަންނަން ސަރުކާރުން ދައުވަތު ދެއްވައިފި އެވެ. ބާސާގެ ރައީސް އަށް ރާއްޖެ އަންނަން ދައުވަތު ދެއްވީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބާސާގެ ރައީސް އާއި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ.
President of @RCCelta & President of @FCBarcelona. Invited them to @visitmaldives #SunnySideofLife #TowardsFuture #VisitMaldives #Celta #Barcelona pic.twitter.com/FFPQptNlOv
— Ali Waheed (@ali20waheed) November 10, 2019
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބާސާގެ ރައީސް އާއި ބައްދަލު ކުރެއްވީ ރާއްޖޭގެ އިޝްތިހާރު ޖަހައިގެން، ސެލްޓަ ވީގޯ ކުޅުނު ފުރަތަމަ މެޗު ބައްލަވާލަން ބާސާގެ ކޭމްޕް ނޯއަށް ރޭ ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ޓޫރިޒަމް މިނިސްޓަރު ބާސާގެ ރައީސް އާއި ކުރެއްވި މި ބައްދަލުކުރެއްވުމުގައި އެސްޓަ ވީގޯގެ ރައީސް ކާލޯސް މޮއުރީނިއޯ ވެސް ބައިވެރިވަޑައި ގެންވިއެވެ.
ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ އެކި އެކި ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ފަހަރަށްވަނީ ލަ ލީގާގެ ސެލްޓަ ވީގޯގައި ސްޕޮންސާއެއް ޖަހާފަ އެވެ. އެގޮތުން ރާއްޖެއިން ސެލްޓާއާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހަށެވެ.