English Edition
Dhivehi Edition
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގެ ފަރާތުން  ކެޕިޓަލް މާކެޓާ ބެހޭ ގޮތުން  އައްޑޫސިޓީގައި މައުލޫމާތު ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް އެފަރާތުން ބުނެފިއެވެ.
ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހެނދުނު 10:30 އިން 11:30 އަށް ކުރިއަށް ގެންދާ މި ސެޝަން އޮންނާނީ އީކުއޭޓަރ ވިލެޖްގައެވެ.
މި ސެޝަނުގައި ސޭވިން އަދި އިންވެސްޓް މެންޓް، ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އިންވެސްޓް ކުރުމުގައި ހުރި ފުރުސަތުތަކާއި މި ނޫންވެސް ގުޅުން ހުރި ދާއިރާތަކުން މައުލޫމާތު ދޭނެ ކަމަށް ސްޓޮކް އެކްސްޗޭންޖުން ބުނެއެވެ.
މި ސެޝަނުގައި ބައިވެރި ވުމަށް ބޭނުންވާ ފަރާތްތަކުން  [email protected] އަށް އެފަރާތެއްގެ މައުލޫމާތު ފޮނުއްވައި ދިނުމުން ބައިވެރިވެވޭނެ އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާ ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގައި ވަނީ  ކެޕިޓަލް މާކެޓް ފޯރަމެއް ވެސް މާލޭގައި ބާއްވާފައެވެ.  މި ފޯރަމުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއެރުވުމަށް ކެޕިޓަލް މާކެޓުގެ ރޯލުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް ސޯލިޙް ޝަރަފްވެރިކޮށްދެއްވެވި މި ރަސްމިއްޔާތުގައި  ރައީސް ވިދާޅުވީ،  ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވާއިރު ކެޕިޓަލް މާކެޓް ތަރައްގީ ވުމަކީ ގައުމުގެ މާލީ ހާލާތު ފުރިހަމަކުރުމަށް މުހިންމު ކަމަށެވެ. އަދި އިޖްތިމާއީ ހަމަޖެހުން ގާއިިމްކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު މުހިންމު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.