English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޝޯ’ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ’ އަށް އަންނަ އަހަރުގެ ފެބްރުއަރީ މަހު ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ޝޯގެ ޕްރޮޑިއުސަރު ރާޖެން އިއުލާން ކުރުމާއެކު ބެލުންތެރިންނަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.

އަންނަ އަހަރުގެ ޝޯއަށް ބޮޑެތި ބަލަކުތަކެއް ގެނެސް ޝޯގެ ގިނަ ތަރިންތަކަށް ބަދަލު އަންނާނެ ވާހަކައާއި އެކު ބެލުންތެރިން މި ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ބައެއް ތަރިން ޑްރާމާއިން ވަކިވާ ވާހަކަ އާއި އެކު މޮހޮސިން ހާން(ކާތިކް) އާއި ޝިވާންގީ ޖޯޝީ(ނައިރާ)ގެ ލޯބި ޖޯޑު މި ޑްރާމާއިން އަބަދުވެސް ފެންނަން އެދޭ ކަމަށާއި އާ މޫނުތަކެއް ބޭނުން ނުވާކަމުގައި ބެލުންތެރިންވަނީ ބުނެފައެވެ.

މިޑްރާމާއަށް އަލްވަދާއު ކިޔާ ތަރިންނަކީ ކޮބައިކަން އަދި މިހާތަނަށް ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފައިނުވާއިރު މި ޑްރާމާގައި ދެން އެންމެ އަވަހަށް އާ ތަރިއެއްގެ ގޮތުގައި ފެންނާނީ ނީރަޖްއެވެ. ‘އޭކް ހަޒާރޯމޭ މެރީ ބެހެނާހޭ’ އަދި ‘މެރީ އަނގްނޭމޭ’ ފަދަ މަޝްހޫރު ޑްރާމާތަކުން ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ނީރަޖް މި ޑްރާމާގައި ފެނިގެންދާނީ ވޭދިކާގެ ކުރީގެ ފިރިމީހާގެ ރޯލުންނެވެ.

12ޖަނަވަރީ 2009 އަކުން ފެށިގެން ދައްކަމުން އަންނަ މި ޑްރާމާގެ ތަރިންނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު މީގެ ކުރިން މި ޑްރާމާގެ ލީޑުރޯލުން ފެނިގެން ގޮސްފައިވަނީ ކަރަން މެހެރާ (ނައިތިކް)އަދި ހީނާ ހާން(ޢަކްޝަރާ)އެވެ.