English Edition
Dhivehi Edition

މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ‘ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9’ ގެ ނޮމިނޭޝަންތައް އިއުލާންކޮށްފިއެވެ.މި ފަހަރުގެ އެވޯޑްގައި ބާރަ ފީޗަރ ފިލްމާއި އެއް ކުރު ފިލްމެއް ވާދަކުރެއެވެ.

މި އަހަރުގެ ފިލްމު އެވޯޑްސް ގައި 24 ކެޓެގަރީއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު ރޭ ނޮމިނޭޝަން އިއުލާންކޮށްފައިވަނީ 6 ކެޓަގަރީއަކުންނެވެ.ރޭ ނޮމިނޭޝަންތައް އިއުލާންކޮށްފައިވާ ކެޓެގަރީތަކަކީ ބެސްޓް އެކްޓަރ(އަންހެން)، ބެސްޓް އެކްޓަރ(ފިރިހެން)، ބެސްޓް އެކްޓަރ ސަޕޯޓިން ( އަންހެން )، ބެސްޓް އެކްޓަރ ސަޕޯޓިން ( ފިރިހެން ) ބެސްޓް ޑައިރެކްޓަރ އަދި ބެސްޓް ފިލްމްއެވެ.

ފިލްމު އެވޯޑްސް އަށް ނޮމިނޭޓްވެފައިވާ ފިލްމުތަކުގެ ތެރޭގައި:

– އިލް ނޮއިސް
– ހައްދު
– ދެވަންސޫރަ
– ވިޝްކާ
– ވަކިން ލޯބިން

ބެސްޓް އެކްޓަރ ( އަންހެން )

– މަރިޔަމް އައްޒަ ( މީ ލޯތްބަކީ )
– މަރިޔަމް އައްޒަ ( ހައްދު )
– އައިޝިތު ރިޝްމީ ރަމީޒު ( ވިޝްކާ )
– މަރިޔަމް މަޖްދާ ( ވަކިން ލޯބިން )
– ނުޒުހަތު ޝުއައިބު ( މަލިކާ )

ބެސްޓް އެކްޓަރ (ފިރިހެން )

– މުހައްމަދު މުންތަސިރު (އިލްނޮއިސް)
– ޔޫސުފު ސަފީއު (ދެވަންސޫރަ )
– ރަވީ ފާރޫގް (ވިޝްކާ)
– މުހައްމަދު ޖުމައްޔަލް ނިމާލު (ވަކިން ލޯބިން)
– އިސްމާއިލް ޒާހިރު (މަލިކާ )

ބެސްޓް އެކްޓަރ ސަޕޯޓިން ( އަންހެން )

– ފާތިމަތު އާޒިފާ ( ބޮސް )
– ފައުޒިއްޔާ ހަސަން ( ހައްދު )
– ފާތިމަތު އާޒިފާ ( ދެވަންސޫރަ )
– ހަދީޖާ އިބްރާހިމް ދީދީ ( ވަކިން ލޯބިން )
– ނުޒުހަތު ޝުއައިބް ( ވަކިން ލޯބިން )

ބެސްޓް އެކްޓަރ ސަޕޯޓިން ( ފިރިހެން )

– އިބްރާހިމް ޖިހާދު ( ބޮސް )
– އަލީ އާޒިމް ( ހައްދު )
– އަލީ އާޒިމް ( ދެވަންސޫރަ )
– އިބްރާހިމް ޖިހާދު ( ދެވަން ސޫރަ )
– އަހްމަދު ސައީދު ( ވިޝްކާ )

ބެސްޓް ޑައިރެކްޓަރ

– އިސްމާއިލް ނިހާދު ( އިލްނޮއިސް )
– އަބްދުއްފައްތާހު ( ހައްދު )
– ޔޫސުފް ޝަފީއު ( ދެވަންސޫރަ )
– ރަވީ ފާރޫގް ( ވިޝްކާ )
– އަލީ ޝިފާއު ( ވަކިން ލޯބިން )

ނޮމިނޭޝަންތަކަށް ބަލާ އިރު އެންމެ ގިނަ ކެޓަގަރީގައި ވާދަކުރާ ފިލްމަކީ “ވަކިން ލޯބިން” އެވެ.މީގެ އިތުރުން  އަންހެން ބަތަލާގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ އައްޒައެވެ. އޭނާގެ މޮޅު ހުނަރާއެކު ދެ ފިލްމަކުން އަންހެން ބެސްޓް އެކްޓަރުގެ ރޯލަށް ވާދަކުރާއިރު، ދެން މި ކެޓަގަރީއަށް ނޮމިނޭޓްވެފައިވާ ތަރިންނަކީވެސް ހުނަރުވެރި މޮޅު ތަރިންނެވެ.