English Edition
Dhivehi Edition

މިހާރު ކުރިޔަށްދާ އަޙްމަދު އާމިރުގެ ސޯލޯ އާރޓް އެގްޒިބިޝަން، “އިމްޕަރމަނަންސް” އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޒިޔާރަތް ކުރައްވައި ބައްލަވާލައްވައިފިއެވެ.

މިއަދު ރައީސް ގެ ދެކަނބަލުން ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލަށްވާފައި ވެއެވެ. މި އާރޓް އެގްޒިބިޝަން ކުރިޔަށް ދަނީ މިމަހުގެ 8 ން 12 އަށް ނެޝަނަލް އާރޓް ގެލެރީގައި އެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި އެގްޒިބިޝަން ގައި ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯ ހިމެނޭ އިރު މި މައުރަޒުގައި ބައިވެރިކޮށްފައިވާ ބައެއް އުފެއްދުންތައް ވިއްކުމަށްވެސް ހަމަޖެހިފައިވެއެވެ.

މިގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށީގެ ރީތި މަންޒަރުތައް ދައްކުވައިދޭ، ތިމާވެއްޓާ ރައްޓެހި ފޮތި ކޮތަޅުގެ އިތުރުން ނޯޓުފޮތާއި ޕެންސިލް ކޭސް އަދި ބުކްމާކް ފަދަ ތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.