English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް ނިއުސް

މާލޭގެ ގެއެއް ކަމުގައިވާ މ. ކަނޑޫމުންފުށި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އާއި ހަވާލާދީ “ޕީއެސްއެމް ނިއުސް” އިން ރިޕޯޓްކުރާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެގޭގެ ބަދިގޭގައެވެ، އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހަވީރު 04:41 ހާއިރު ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 9 އިމާރާތަކަށް ވަނީ ގެއްލުންވެފަ އެވެ. އެ ނުވަ އިމާރާތްވެސް އާންމު ސަލާމަތަށްޓަކައި ތަޅާލާފައިވާއިރު، އެ ހާދިސާގައި 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ ހާދިސާގައި އެކަކު ވަނީ މަރުވެފަ އެވެ.

އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އާންމު ރައްޔިތުންނާއި ބިދޭސީންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން، އެ ހާދިސާ އާއި ގުޅިގެން ސަރުކާރުން ވަނީ ޤަވާއިދާ ޚިލާފަށް ކެމިކަލް ރައްކާކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެކަންވެސް އިއުލާން ކޮށްފައެވެ.