English Edition
Dhivehi Edition

ވެލާނާ އިންޓަރޝަނަލް އެއާޕޯޓް(ވީއައިއޭ) ތަރައްޤީ ކުރާގޮތް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވައިލައްވައިފި އެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސް ބައްލަވާފައި ވަނީ އިއްޔެއެވެ.

ވީއައިއޭ ތަރައްޤީ ކުރާގޮތް ބެއްލެވުމަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި ވީއައިއޭ ގައި ތަރައްޤީކުރަމުންދާ ސީ ޕްލޭން ޓަރމިނަލްގެ މަސައްކަތާއި، ސީޕްލޭން މެއިންޓަނަންސް ރޭމްޕް، އެއާޕޯޓުގެ އައު ޕަސެންޖަރ ޓާރމިނަލާއި އައު އޭޕްރަންއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ޒިޔާރަތުގައި އައު ކާގޯ އޭރިޔާއަށް ޒިޔާރަތްކުރައްވައި އެ ތަނުގެ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ބައްލަވައިލައްވާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ހިންގަމުންދަނީ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ އަގުހުރި މަޝްރޫއެކެވެ.