English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މަންފާ ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމްއަށް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތައް ރޮޒެއިނާ މިއަދު ދޮގުކުރައްވައިފިއެވެ.

އިންތިގާލީ އިންސާފުގެ ބިލަށް މަޖިލިހުގައި އިއްޔެ ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ރޮޒެއިނާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށެވެ. ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި ރޮޒެއިނާ ވަނީ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން ގެސްޓްހައުސްއެއް އަޅުއްވައިފަ އެވެ.

ޖާބިރު ކުރެއްވި ތުހުމަތާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ އޭނާގެ އެއްވެސް ގެސްޓްހައުސްއެއް ނުހުންނާނެ ކަމަށާއި އެކަމަކު އޭނާގެ ފިރިކަލުން ނާޝިޒްގެ ގެސްޓްހައުސެއް ކ. ހުރާގައި ހުންނާނެކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ކަމަށް ޖާބިރު ވިދާޅުވި ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

ޓެގު