English Edition
Dhivehi Edition

ބާސެލޯނާއިން މެސީއަށް ބަރޯސާވުން މާ ބޮޑުވެފައިވާ ކަމަށް ލެޖެންޑަރީ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

ވެންގާ މިހެން ބުނެފައި ވަނީ ރޭ ޗެމްޕިއަންސް ލީގުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ ބާސާއަށް ކާމިޔާބެއް ނުލިބުމާއި ގުޅިގެންނެވެ. އޭނާ ބުނީ ބާސާގެ އެހެން ކުޅުންތެރިން ތިބެނީ މެސީ ރަނގަޅުކަމެއް ކޮށްފާނެ ކަމަށް ބަލަބަލާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ފުޓްބޯޅައިގެ ނަޒަރަކުން މީއީ ވަރަށް ޝައުގުވެރިވާ މައްސަލައެއް ކަމަށާއި ބާސެލޯނާ އަކީ ފުޓްބޯޅަ ކުޅުމުގައި މޮޅު ތާރީޚެއް އޮތް ޓީމެއް ކަމަށެވެ. އަދި ކުރީގައި މުޅި ޓީމު ވަނީ މޮޅު ކުޅުމެއް ދައްކާފައި ކަމަށެވެ.

ވެންގާ ވަނީ ޓީމަށް ނަސޭހަތްތެރިވުމުގެ ގޮތުން މި ކަންކަން ޓީމުގެ ކުޅުންތެރިންނަށް ވިސްނައިވެސް ދީފައެވެ.

ވެންގާ އަކީ ފްރެންޗް ފުޓުބޯޅަ މެނޭޖަރެއްގެ އިތުރުން ކުރީގެ ކުޅުންތެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ އަކީ އާރސެނަލް ގައި 1996 އިން 2018 ވަނަ އަހަރާއި ހަމަޔަށް މެނޭޖަރުކަންވެސް ކޮށްދީފައިވާ ހިއްވަރުގަދަ މެނޭޖަރެކެވެ.